ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ފަޟީލަތުއްޝައިހް އަލްމަރުހޫމް ހުސެއިން ސަލާހުއްދީންގެ ހަނދާނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަރުވައިފިއެވެ.
ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފަކީ ދިވެހި ގައުމިއްޔަތަށް ފާހަގަކޮށްލެވޭ ފަދަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނަށް ރައީސް ދެއްވާ އެންމެ މަތިވެރި ޝަރަފެވެ.
އެ ޝަރަފު ދެއްވުމަށް ރައީސް ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ އިއްޒަތުގެ ގާނޫނުގެ ދަށުން އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުންނެވެ.
ސަލާހުއްދީންގެ ހަނދާނަށް ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު އެރުވީ މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ޝަރަފުގެ އައްޑަނަ، ރައީސް މުއިއްޒު އަރުއްވާފައި ވަނީ ސަލާހުއްދީނަށް ކާފަ ވިދާޅުވާ އެންމެ ދޮށީ ދަރިފުޅު، ހުސެއިން ޝިހާބް އަށެވެ. އެ ޖަލްސާގައި ސަލާހުއްދީންގެ އާއިލާގެ ބޭފުޅުން ކަމަށްވާ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އާއި އަހުމަދު ޝިހާބާއި އިސްމާއިލް ޝަރީފު ވެސް ބައިވެރިވެވަޑައިގަތެވެ.
ޚަބަރު
ޚަބަރު
ޚަބަރު