ގައުމީ ދުވަހާ ގުޅުވައިގެން، އެސްޓީއޯ ހުޅުމާލެ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ނިޕޯން ކުލައިގެ ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

އެސްޓީއޯ އިން މިއަދު މީޑިއާތަކަށް ބުނީ، އެ ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ. މި ޕްރޮމޯޝަނަކީ ހަމައެކަނި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯރޫމުން ލިބޭނެ ހާއްސަ ފުރުސަތެއް ކަމަށްވެސް ބުންޏެވެ.

ޕްރޮމޯޝަންގެ ދަށުން، ހުރިހާ ނިޕޯން ޕެއިންޓްތަކުން 10 ޕަސެންޓް ޑިސްކައުންޓެއް ލިބޭއިރު، ކުލަލުމަށް ބޭނުންކުރާ އެއްޗެހީގެ ތެރޭގައި ހިމެނޭ ކުލަފިހި، ރޯލާ އަދި ބުރުސް ފަދަ އެހެނިހެން ސާމާނުން 15 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެއެވެ.

އެސްޓީއޯ ހުޅުމާލެ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ޝޯރޫމް ހުންނަނީ ހުޅުމާލޭގެ ހުވަނދުމާ ހިނގުމުގައެވެ.