ޔޫއޭއީން ފަސް ގައުމަކަށް އެމްޕޮކްސްގެ ވެކްސިން ފޮނުވައިފިއެވެ.
ޔޫއޭއީގެ ރައީސް ޝެއިހް މުހައްމަދުގެ އިސްނެންގެވުމުގެ މަތިން ކުރިޔަށް ގެންދާ އެ ޕްރޮގްރާމުގައި ވެކްސިން ފޮނުވާފައިވަނީ އެފްރިކާގެ ކޮންގޯ އާއި ނައިޖީރިއާގެ އިތުރުން ދެކުނު އެފްރިކާއާއި އައިވެރީ ކޯސްޓް އަދި ކެމެރޫނަށެވެ.
ޔޫއޭއީން ފައްޓާފައިވާ އެހީގެ ޕްރޮގްރާމުތަކުގެ ދަށުން ކުރިޔަށްދާ އެ ޕްރޮގްރާމުގެ ސަބަބުން ޔޫއޭއީން އެހެން ގައުމުތަކަށް އިންސާނީ އެހީއާއި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު ފުރުސަތުތަކެއް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.
ޔޫއޭއީގެ ސަރުކާރުން ވަނީ ގާޒާގައި ފެތުރެމުން އަންނަ ޕޯލިއޯގެ ނުރައްކަލުން ސަލާމަތްވުމަށް ފަށާފައިވާ ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް އެހީގެ ގޮތުގައި ފަސް މިލިއަން އެމެރިކާ ޑޮލަރު ދިނުމަށްވެސް ނިންމާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ