ސްޓެލްކޯގެ ހޮޓްލައިން، 1545 މިއަދު ތައާރަފުކޮށްފި އެވެ.
މި ހޮޓްލައިން ތައާރަފުކޮށްފައިވަނީ މިއަދު މެންދުރުފަހު 15:45 ގައި ސޯޝަލް މީޑިއާ ޕްލެޓްފޯލްމަތުގައި ލައިވް ޕްރިމިއާއެއްގެ ގޮތުގައެވެ.
ސްޓެލްކޯ އިން ބުނީ އެއީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ފަސޭހަ ކަމާއެކު ހިދުމަތް ދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ތައާރަފުކުރި ނަންބަރެއް ކަމަށެވެ. އެ ނަންބަރަށް ގުޅައިގެން ސްޓެލްކޯ އިން ފޯރުކޮށްދެމުންދާ ހުރިހާ ހިދުމަތަކާއި ގުޅުން ހުރި މައުލޫމާތާއި ކަރަންޓު ބިލުތަކާއި ގުޅުންހުރި ޝަކުވާތަކާއި ކުންފުންޏާއި ގުޅުންހުރި އެ ނޫންވެސް ކަންކަން އޮޅުން ފިލުވޭނެ ކަމަށްވެސް ބުންޏެވެ.
ސްޓެލްކޯ އިން ބުނީ، އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ސްޓެލްކޯ ކެއާގެ ހިދުމަތާއެކު ވައިބާ، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރާއި މުއާމަލާތު ކުރެވޭނެ އިންތިޒާމުވެސް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
ހޮޓްލައިން ތައާރަފު ކުރުމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ، އަމާޒަކީ ސްޓެލްކޯއަކީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ކަށަވަރުވެފައިވާ ކުންފުންޏެއްގެ ގޮތުގައި ދެމި އޮތުން ކަމަށެވެ.
ޚަބަރު
ޚަބަރު