ޕާކިސްތާނުގައި ބަޑިން ހަމަލާދީ 22 މީހަކު މަރާލައިފިއެވެ.
ޕާކިސްތާނުގެ ބަލޮޗިސްތާން ޕްރޮވިންސުގައި ދުއްވާފައި ދިޔަ ވެހިކަލްތަކެއް ހުއްޓުވައި އެއިން ދަތުރުކުރި މީހުންގެ އައިޑީކާޑުތައް ބަލައި، ބަޑިޖަހަން ފެށީ ކަމަށް އޮފިޝަލުން ބުނެއެވެ.
ބަޑިން ހަމަލާދީ 22 މީހަކު މަރާލާފައިވާއިރު، އެ ހަމަލާއަށްފަހު އެމީހުން ދަތުރުކުރި އުޅަނދުތައްވެސް ވަނީ ރޯކޮށްލައިފައެވެ. ޕާކިސްތާނުގައި ހަރަކާތްތެރިވާ ދަ ބަލޯޗް ލިބްރޭޝަން އާމީ އިން ވަނީ އެ ހަމަލާތަކުގެ ޒިންމާ ނަގާކަމަށް ބުނެފައެވެ.
ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓާ، މޮހޮސިން ނަގްވީ ވިދާޅުވެފައިވާ ގޮތުގައި، އެ ގައުމުގެ ސެކިއުރިޓީ ފޯހުން ހަމަލާދީ ދަ ބަލޯޗް ލިބްރޭޝަން އާމީގެ 12 މީހަކު ވަނީ މަރާލާފައެވެ.
ދަ ބަލޯޗް ލިބްރޭޝަން އާމީއިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ޕާކިސްތާނު ސަރުކާރާ ގުޅުން ހުރި އެތައް ތަނަކަށް ހަމަލާ ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ޕޮލިސް ސްޓޭޝަން ތަކާއި ސެކިއުރިޓީ ކޭމްޕުތަކަށްވެސް ހަމަލާދީފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ