އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ދުވަސް ބަންދުކުރަން ރައީސް ނިންމެވި ގައުމީ ދުވަހުގެ މުނާސަބާއާ ގުޅުވައިގެން ކަމަށެވެ. މި އަހަރުގެ ގައުމީ ދުވަހަކީ އަންނަ މަހުގެ ހަތަރެއްވާ ބުދަ ދުވަހެވެ.

އަންނަ ހަފުތާގެ ބުރާސްފަތި ދުވަސް ބަންދު ކުރުމުން ސަރުކާރު މުވައްޒަފުންނަށް ހަތަރު ދުވަހުގެ ބަންދެއް ލިބޭނެއެވެ.