ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ޒީނާ ޒާހިރު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް ޒީނާ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ 'ވަން' އަށް ކަށަވަރު ކޮށްދެއްވައިފައެވެ.

ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ޒީނާ އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

ޒީނާ އަކީ، މީގެ ކުރިން ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަންވެސް ކުރެއްވި ބޭފުޅެކެވެ. އޭނާ އަންނަނީ "ޒީ ޓައިމްސް"ގެ ނަމުގައި އަމިއްލަ ނޫހެއްވެސް ހިންގަމުންނެވެ.

ޒީނާއަކީ 2006 ވަނަ އަަހަރު ނޫސްވެރިކަން ފެއްޓެވި ބޭފުޅެކެވެ. އެ ދާއިރާގައި 18 އަހަރު ހޭދަކުރައްވައިފައިވާއިރު އެކި މަގާމުތައް އަދާކުރައްވައިފައިވެއެވެ.