އިންޑިއާ އިން ނޭޕާލަށް ދަތުރުކުރި ބަހެއް ކޯރަކަށް ވެއްޓި 14 މީހުން މަރުވެއްޖެއެވެ.
ސާޅީސް މީހުންނާއެކު އިންޑިއާގެ ޕޮކާރާ އިން ނޭޕާލްގެ ވެރިރަށް ކަތަމަންޑޫއަށް ދަތުރުކުރި އެ ބަސް ވެއްޓިފައިވަނީ ނޭޕާލުގެ ކޯރަކަށެވެ. ބަސް ވެއްޓުނު ހާދިސާގައި މިހާތަނަށް 14 މީހަކު މަރުވެފައިވާއިރު މީހުން ސަލާމަތްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އޮފިޝަލުން ވަނީ މަރުވި މީހުން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ބުނެފައެވެ.
އިންޑިއާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ދެވެންދުރާ ފަދްނާވިސް ވަނީ އެ ހާދިސާގައި ބަހުން ދަތުރުކޮށްފައިވަނީ މަހާރަސްތަރާ އަށް ނިސްބަތްވާ މީހުން ކަމަށާއި މަރުވި މީހުންގެ ހަށިތައް އިންޑިއާއަށް ގެނައުމަށް ދެ ގައުމު ދެމެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ