ރަޝިޔާ ޖަލެއްގެ ކޮންޓްރޯލް ގައިދީންތަކެއް ހޯދައިފިއެވެ.
ރަޝިޔާގެ ހުޅަނގު ދެކުނުން އޮންނަ ވޮލްގޯގްރާޑް ރީޖަނުގައި ހުންނަ ޖަލުގެ ކޮންޓްރޯލް ގައިދީން ހޯދީ ޖަލު އޮފިސަރުން ރަހީނުކުރުމަށްފަހުއެވެ. އެކަމުގެ ތެރެއިން ޖަލުގެ އޮފިސަރެއް މަރުވެފައިވާ ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.
އެ ހާދިސާއާ ގުޅިގެން ރަޝިޔާގެ ސްޕެޝަލް ފޯސް އިން ވަނީ ހާއްސަ އޮޕަރޭޝަނެއް ހިންގައި ޖަލުގެ ކޮންޓްރޯލު އަނބުރާ ހޯދައިފައެވެ. އެ އޮޕަރޭޝަންގައި ހަތަރު ގައިދީއެއް ވަނީ މަރުވެފައެވެ.
ރަޝިޔާގެ އަސްކަރިއްޔާގެ އޮފިޝަލުން ވަނީ އެ ހަދިސާގައި ރަހީނުކޮށްފައިވާ އެންމެން ސަލާމަަތްކޮށް ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގަށް ފަށާފައިވާ ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ