އެމްޕޮކްސްގެ އެންމެ ނުރައްކާތެރި ވައްތަރު ތައިލެންޑުން ފެނިއްޖެއެވެ.
ތައިލެންޑުން އެންޕޮކްސްގެ ފުރަތަމަ ކޭސް ފެނިފައިވާ އިރު، އެއީ މިހާރު އެފްރިކާގެ ގައުމުތަކުގައި ފެތުރެމުންދާ އެންމެ ނުރައްކާތެރި ވައިރަހުގެ ބާވަތް ކަމަށް އޮފިޝަލުން ބުނެއެވެ.
ތައިލެންޑުން އެމްޕޮކްސް ފެނިފައިވަނީ އެފްރިކާއަށް ދަތުރުކޮށްފައި އެގައުމަށް އެތެރެވި މީހެއްގެ ގައިން ކަމަށްވެސް އޮފިޝަލުން ވަނީ ބުނެފައެވެ.
މިމަހުގެ 14 ވަނަ ދުވަހު ތައިލެންޑަށް އެތެރެވެފައިވާ އެ މީހާގެ ގައިން އެމްޕޮކްސްގެ އަލާމާތްތައް ފެނުމާ އެކު ވަނީ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފައެވެ.
ތައިލެންޑުގެ ޑިޕާޓްމަންޓް އޮފް ޑިޒީސް ކޮންޓްރޯލް އިން ވަނީ އިނގިރޭސިވިލާތުގެ އުމުރުން 66 އަހަރުގެ އެމީހާ ޕޮޒިޓީވް ވެފައިވަނީ އެމްޕޮކްސްގެ ކްލޭޑް 1ބީ އަށެވެ. އެއީ އެމްޕޮކްސްގެ އެންމެ ނުރައްކާތެރި ވައްތަރު ކަމަށް މިހާތަނަށް ފެނިފައިވާ ބާވަތެވެ.
އޮފިޝަލުން ވަނީ އެމީހާއާ ދިމާވެފައިވާ 43 މީހަކު ފާހަގަވެފައިވާ ކަމަށާއި އެ އެންމެން ވެސް 21 ދުވަސް ވަންދެން މޮނިޓާ ކުރުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ