އިސްރާއިލާ ދެކޮޅަށް އަވަސް އަރުވާލައިގެން ބަދަލު ހިފަން އިރާނުން ނޫޅޭ ކަމަށް ބުނެފިއެވެ.
އިރާނުގެ އިސްލާމިކް ރިވެލިއުޝަނަރީ ގާޑުގެ ތަރުޖަމާނު އަލީ މުހައްމަދު ނެއިނީ އާއި ހަވާލާދީ އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާގެ މަރަށް ބަދަލު ހިފުމުގައި އަވަސް އަރުވާލަން ބޭނުން ނުވާ ކަމަށް ބުނެފައެވެ.
ތަރުޖަމާނު ވިދާޅުވީ އިރާނަށް ވަގުތު އެބައޮތް ކަމަށާއި ހަމަލާދިނުމުގެ ވަގުތު ޖެހުމުން ހަމަލާ ދޭނެ ކަމަށާއި އަވަސް އަރުވާލައިގެން ނޫޅޭ ކަމަށެވެ.
މިދިޔަ މަހު އިރާނުގައި ހަނިއްޔާ އަވަހާރަކޮށްލުމާއި ބެއިރޫތުގައި ހިޒްބުﷲގެ ކޮމާންޑަރު އަވަހާރަކޮށްލުމާ އެކު އެއީ އިސްރާއީލުން ކޮށްފައިވާ އަމަލެއްކަމަށް ބުނެ ބަދަލުގައި ހަމަލާދޭން ތައްޔާރުވާން ފަށާފައިވާއިރު މެދުއިރުމަތި ވަނީ ކުއްލި ހާލަތަކަށް އައިސްފައެވެ.
އިސްރާއީލުން ވަނީ ހިޒްބުﷲގެ ކޮމާންޑަރު އަވަހާރަ ކޮށްލި ކަމަށް އެއްބަސް ވެފައެވެ. ނަމަވެސް ހަމާސްގެ ލީޑަރު އަވަހާރަކޮށްލި ކަމަށް އިސްރާއީލުން އެއްބަސް ވެފައެއް ނުވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ