ޖަޕާނުގެ އެއާޕޯޓަކުން ކަތުރުތަކެއް ގެއްލުމުން، 201 ފްލައިޓެއް ޑިލޭ ކޮށްފިއެވެ.
ޖަޕާނުގެ ހޮއްކައިޑޯގެ ނިއު ޗިޓޯސް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުގެ ބޯޑިން ގޭޑް ސަރަހައްދުގައި ހުރި ކަތުރުތަކެއް ގެއްލުމާ ގުޅިގެން މުޅި ޑޮމެސްޓިކްގެ އޮޕަރޭޝަން ވަނީ ދެ ގަޑިއިރަށް މެދުކަނޑާލާފައެވެ.
އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި، އެ ހާދިސާއާ ގުޅިގެން 201 ފްލައިޓު ޑިލޭކޮށް 36 ފްލައިޓު ކެންސަލް ކުރަން ޖެހުނެވެ.
ފްލައިޓުތައް ޑިލޭވުމާއި ކެންސަލް ވުމުގެ ސަބަބުން އެ އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ވަނީ ފަސިންޖަރުންނާއިގެން ފުރިފައި ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ގެއްލުނު ކަމަށް ބުނާ ކަތުރުތައް ހޯދުމުގެ މަސައްކަތް ދިގުލައި ޖެހިގެން އައި ދުވަހު އެ ކަތުރުތައް ފެނިފައިވަނީ ބޯޑިން ގޭޓުގައި ހުންނަ ގުދަނަކުން ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
ޗައިނާގެ މިނިސްޓްރީ އޮފް ލޭންޑް އިންފްރާސްޓްރަކްޗާ ޓްރާންސްޕޯޓް އެންޑް ޓުއަރިޒަމް އިން ވަނީ ހޮއްކައިޑޯގެ ނިއު ޗިޓޯސް އެއާޕޯޓުގައި ހިނގި ހާދިސާ ތަހުގީގުކޮށް އެކަމުގެ ރިޕޯޓެއް މިނިސްޓްރީއަށް ހުށަޅުމަށް އަންގާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ