ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށްޓަކައި ރާއްޖެއިން ކުރިއަށް ގެންދިޔަ ހާއްސަ ޓެލެތޯން 'ފަލަސްތީނާއެކު ދިވެހިން' އަށް ލިބުނު ފައިސާ ހާލުގައި ޖެހިފައިވާ ފަލަސްތީނު މީހުންނަށް އެހީވާ އދ.ގެ ޖަމާއަތް ކަމަށްވާ އަންރުއާގެ އެކައުންޓަށް ޖަމާކޮށްފިއެވެ.
ޕީއެސްއެމް އިން އިސްނަގައިގެން ރާއްޖޭގެ ބައެއް މީޑިއާތަކާ ގުޅިގެން ހުސްވި ޖޫން މަހުގެ 12 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޓެލެތޯނަށް 19 މިލިއަން ރުފިޔާ ލިބުނެވެ. އަދި އެ ފައިސާ ފަލަސްތީނުގެ ރައްޔިތުންނާ ހަވާލުކުރުމަށް ޖުލައި ތިންވަނަ ދުވަހު ފޮރިން މިނިސްޓްރީއާ ވަނީ ހަވާލުކޮށްފައެވެ.
އެ ފައިސާ އަންރުއާއަށް ފޮނުވާފައިވާކަން "ވަން" އަށް ކަށަވަރު ކޮށްދެމުން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ފައިސާ އަންރުއާ އަށް ފޮނުވީ އެ މިނިސްޓްރީ އާއި މަރުކަޒީ ބޭންކު، އެމްއެމްއޭ މެދުވެރިކޮށް ސީދާ އަންރުއާގެ އެކައުންޓަށް ކަމަށެވެ. އަދި އެ ފައިސާ ފޮނުވީ ޑޮލަރުން ކަމަށްވެސް ވިދާޅުވިއެވެ.
ދެފުށް ފެންނަ ގޮތަށް މި ހަރަކާތް ކުރިއަށް ގެންދިއުމަށް، ޓެލެތޯން އޮޑިޓްކޮށްފައިވަނީ ކްރޯ މޯލްޑިވްސް އިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު