އިޓަލީގެ ދެކުނުން އޮންނަ ސިސިލީގެ އައްސޭރިފަށުގައި އޮތް ލަގްޒަރީ ޔޮޓަކަށް ނަގޫރޯޅިއެއް އަރައި އަޑިއަށް ހިނގައްޖެއެވެ.
އިޓަލީގެ ކޯސްޓްގާޑާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން، ޔޮޓަށް ނަގޫރޯޅި އެރި އިރު، އޭގައި 22 މީހުން ތިއްބެވެ. އޭގެ ތެރެއިން އެކަކު މަރުވެ، އިނގިރޭސިވިލާތަށް ނިސްބަތްވާ ހަތަރު މީހަކާއި އެމެރިކާ ދެ މީހަކު ގެއްލިފައިވާ ކަމަށް ބުނެފައިވެއެވެ.
ޔޮޓުގައި ބާކީ ތިބި މީހުން ވަނީ ސަލާމަތްކޮށްފައެވެ. އޭގެ ތެރެއިން އަށް މީހަކަށް އަނިޔާވެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން، ގެއްލުނު މީހުންގެ ތެރޭގައި ސޮފްޓްވެއާ އުފައްދާ މަޝްހޫރު އޮޓޯނޮމީގެ ވެރިޔާ މައިކް ލީންޗްވެސް ހިމެނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ