އަލަސްކާ އެއާލައިންސްގެ ފްލައިޓެއްގެ ޕައިލެޓަށް ފްލައިޓު ޖައްސަން ނޭންގުމުން ޑައިވާޓްކޮށްފިއެވެ.

އެމެރިކާގެ ސަންފްރެންސިސްކޯ އިން އެމެރިކާގެ ޖެކްސަން ހޯލް އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ދިޔަ ފްލައިޓު ޖައްސަން އުޅުމުގެ ކުރިން ޕައިލެޓް ވަނީ ފްލައިޓުގައި ތިބި މީހުންނަށް ކުއްލި އެނައުންސްމަންޓެއް ދީފައެވެ.

އަލަސްކާ އެއާލައިންސްގެ އެފްލައިޓު ޖެކްސަން ހޯލް އަށް ޖައްސަން އުޅުމަށްފަހު ޕައިލެޓު ވަނީ އޭނާއަށް އެ އެއާޕޯޓަށް ޖެއްސުމުގައި ދަތިތަކެއް ހުންނަ ކަމަށާއި އެވަރުގެ ތަމްރީނު ލިބިފައި ނުވާ ކަމަށް ބުނެ ފްލައިޓު ޑައިވާޓް ކޮށްލައިފައެވެ.

ޖެކްސަން ހޯލް އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓު ނުޖެއްސުމުން ޕައިލެޓް ވަނީ ފްލައިޓު ޑައިވާޓްކޮށް ސޯލްޓް ލޭކް ސިޓީއަށް ޖައްސައިފައެވެ.

ފްލައިޓުން ދަތުރުކުރި ފަސިންޖަރަކާ ހަވާލާދީ ނޫސްތަކުން ވަނީ ޖެކްސަން ހޯލް އަށް ފްލައިޓުގެ ދަތުރު އަލުން ފަށާފައިވަނީ 90 މިނެޓު ފަހުން އެހެން ޕައިލެޓަކަށް ބަދަލުކޮށްގެން ކަމަށް ރިޕޯޓުކޮށްފައެވެ.

އަލަސްކާ އެއާލައިންސްގެ ފްލައިޓު ޑައިވާޓް ކުރި ނަމަވެސް އެއްވެސް ފަސިންޖަރަކު މައްސަލައެއް ޖައްސާފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.