އއ. ތޮއްޑޫގައި ހަދާ ދަނޑުވެރިންގެ މާރުކޭޓުން ގޮޅި ކުއްޔަށް ހިފަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމާއެކު ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ) އިން ތޮއްޑޫގައި ދަނޑުވެރިންގެ މާރުކޭޓެއް ހަދަން ނިންމީ އެ ކުންފުނިން ބުނި ގޮތުގައި ދަނޑުވެރިކަމުގެ ދާއިރާއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، އެފަދަ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް މަގުފަހިކުރުމަށެވެ.
އަދި އެ މާރުކޭޓުގެ ސަބަބުން ތޮއްޑޫގެ ދަނޑުވެރިން އުފައްދާ ތަކެތި ނުވަތަ ފޯރުކޮށްދޭ ހިދުމަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ފަހި ފުރުސަތުތައް ހުޅުވި، ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ބާޒާރެއް ނުވަތަ މާކެޓް ގޮޅިއެއް އުފައްދައި، އެ މީހުންގެ އުފެއްދުންތަކާއި ހިދުމަތްތައް ވިއްކުމަށްޓަކައި ހިރާސް ކުޑަ، ލިބޭ ފައިދާ ބޮޑު، ނުވަތަ ލޯ ރިސްކު އަދި ހައި ރިވޯޑް ޕްލެޓްފޯމެއް ގާއިމުވެގެންދާނެ ކަމަށް ބުންޏެވެ.
ބީސީސީން ބުނީ، މާރުކޭޓުގެ ގޮޅިއަށް އެދެވޭނީ ތޮއްޑޫއަށް ނިސްބަތްވާ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ކަމަށާއި އެ މީހަކީ އެންމެ ކުދި ވިޔަފާރިއެއް ނުވަތަ ތޮއްޑޫގެ ދަނޑުވެރިކަން ކުރާ މީހަކަށް ވާންޖެހޭނެ ކަމަށެވެ.
އަދި ގޮޅިތައް ދޫކުރާނީ ދެ އަހަރު ދުވަހަށް މަހަކު 3،500 ރުފިޔާގެ އަގަކަށް ކަމަށާއި އެ އަގުގެ އިތުރުން ގޮޅިތަކުގެ ޔޫޓިލިޓީ ހަރަދުގެ ގޮތުގައި މަހަކު 300 ރުފިޔާގެ ފީއެއް ނަގާނެ ކަމަށްވެސް ބުންޏެވެ.
މާރުކޭޓު ގޮޅިތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ މީހުން އެކަމަށް އެދެން ޖެހެނީ އޮންލައިން ފޯމަކުންނެވެ. އެ ފޯމު https://forms.office.com/r/nycRvHGVsV ލިބޭނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު [email protected] އަށް އީމެއިލް ކުރުމުން ލިބޭނެއެވެ.
މާރުކޭޓު ގޮޅިތަކަށް އެދުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 22 އޮގަސްޓް 2024 ވާ އާދީއްތަ ދުވަހުގެ ހަވީރު 16:00 އާ ހަމައަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު