ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެނައުމަށްފަހު އެމީހުންގެ ކޯޓާ ފީ އާއި ވާކް ޕާމިޓް ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ހުރި ފަރާތްތަކުގެ ލިސްޓު އާންމުކުރި ފަހުން އެ ފައިސާތައް ދެއްކި ކުންފުނިތަކުގެ ނަންތައް ހޯމް މިނިސްޓްރީން މިރޭ އާންމުކޮށްފިއެވެ.
ހޯމް މިނިސްޓްރީން ބިދޭސީންގެ ފީތައް ނުދައްކާ ކުންފުނިތަކުގެ ނަންތައް އާންމުކުރީ މިދިޔަ މަހުގެ 25 ގައެވެ. އެ ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ކޮންސްޓްރަކްޝަން ކުންފުނިތައް ހިމެނެއެވެ. އަދި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ އެހެން ކުންފުނިތައްވެސް ހިމެނެއެވެ. ނަން އާންމުކުރި 1،026 ކުންފުނީގެ ތެރެއިން 123 ކުންފުންޏަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ އަދަދު މިލިއަނަކަށްވުރެ މައްޗަށް އަރައެވެ. އެހެން ބައެއް ކުންފުނިތަކުން ދައްކަންޖެހޭ ފައިސާގެ އަދަދު 26 މިލިއަނަށްވުރެ މައްޗަށް އަރައެވެ.
ކުންފުނިތަކުގެ ނަންތައް އާންމުކުރި ފަހުން 182.9 މިލިއަން ރުފިޔާ ރިކަވާ ކުރެވިފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.
ހޯމް މިނިސްޓްރީން މިރޭ ބުނީ އެ ލިސްޓުގައި ހިމެނޭ 20 ކުންފުންޏަކުން ފައިސާ ދައްކައިފައިވާ ކަމަށެވެ. އެ ކުންފުނިތަތަކީ:
- އެލިއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
- އަންގިރި ރިސޯޓްސް މެނޭޖުމަންޓް އެންޑް އޮޕަރޭޝަންސް ޕްރައިވެޓް ލިމިޓެޑް
- ބްރެނީނާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- ޗިކާނޯ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް
- އީސްޓް ކޯސްޓް އިންވެސްޓްމަންޓު ޕްރައިވެޓް ލިމިޓެޑް
- ގޭޖް ޕްރައިވެޓް ލިމިޓެޑް
- ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑް
- ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް
- އިންޓަނޭޝަނަލް ބެވަރޭޖަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
- މަހޮގަނީ ޕްރައިވެޓް ލިމިޓެޑް
- ޕެސްޓް އެކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- ޕްރިސްޓީން އައިލެންޑްސް އިންވެސްޓްމަންޓް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް
- ރެޑްވޭވް ޕްރައިވެޓް ލިމިޓެޑް
- ރެނާޓަސް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް
- ސީގަލް ގުރޫޕް ޕްރައިވެޓް ލިމިޓެޑް
- އެސްކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް
- ޔުނިވާސަލް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑް
- ވިލާ ހަކަތަ ޕްރައިވެޓް ލިމިޓެޑް
- ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ޚަބަރު
ޚަބަރު
ޚަބަރު