2036 ވަނަ އަހަރުގެ އޮލިމްޕިކްސް އިންޑިއާގައި ބޭއްވުމަށް ތައްޔާރުވާން ފަށައިފިއެވެ.
އިންޑިއާގެ މިނިވަން ދުވަހު ދެއްވި ހިތޯބުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އޮލިމްޕިކްސް އެގައުމުގައި ބޭއްވުމަކީ ވަރަށް ބޮޑު ހުވަފެނެއް ކަމަށާއި 2036 ވަނައަހަރު އޮންނަ އޮލިމްޕިކްސް އިންޑިއާގައި ބޭއްވުމުގެ ތައްޔާރީތައް ވާން ފަށާފައިވާކަމަށް އިއުލާން ކުރައްވާފައެވެ.
އެ ހިތޯބުގައި މޯދީ ވަނީ މިއަހަރު ޕެރިހުގައި އޮތް އޮލިމްޕިކްސްގައި ބައިވެރިވެފައިވާ އެ ގައުމުގެ ކުޅުންތެރީންނަށް މަރުހަބާ ދަންނަވާފައެވެ.
ބޮޑުވަޒީރު މޯދީ ވަނީ އިންޑިއާގައި އޮލިމްޕިކްސް ބޭއްވުމުގެ ގާބިލުކަން އެބަހުރި ކަމަށާއި އެގައުމުގައި ޖީ20 ސަމިޓު ބޭއްވޭ ވަރުގެ ވަސީލަތްތައް ވެސް ހުރިކަމަށް ވިދާޅުވެފައެވެ.
މިމަހުގެ ކުރީ ކޮޅު އިންޑިއާގެ ޔޫތު އެފެއާޒް އެންޑް ސްޕޯޓްސް މިނިސްޓަރު މަންސުކް މަންޑަވިޔާ ވަނީ އެ ގައުމުގެ ކުޅިވަރުގެ ވަސީލަތްތައް އިތުރަށް ކުރިއެރުވުމަށް މަސައްކަތް ފަށާފައިވާކަމަށް ވިދާޅުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ