ކުޅަނދުރުގެ ހަމަލާއެއްގައި 22 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ލަންކާގެ ސިގިރިޔާ ސަރަހައްދު ބަންދުކޮށްފިއެވެ.

ސްރީލަންކާއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ މެދުގައި މަގުބޫލު ގަދީމީ ސަރަހައްދެއް ކަމަށްވާ ސިއްގިރިޔާގައި ބުދަ ދުވަހު ކުޅަނދުރު ހަމަލާއެއްގައި 70 މީހަކަށް އަނިޔާވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އެ ހާދިސާ ހިނގުމާއެކު ލަންކާގެ ސެންޓްރަލް ކަލްޗަރަލް ފަންޑުން ވަނީ ސިއްގިރިޔާ ސަރަހައްދު ރައްކާތެރި ސަރަހައްދަކަށް ވަންދެން ބަންދުކުރުމަށް ނިންމާފައެވެ.

ކުޅަނދުރު ހަމަލާ ދިނުމުގެ ސަބަބުން 26 ފަތުރުވެރިއެއްގެ އިތުރުން ލަންކާ 13 މީހަކަށް އަނިޔާވެފައިވެއެވެ. އަދި 22 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން ވަނީ އެ ހާދިސާގެ ސަބަބުން އެތައް ސަތޭކަ ފަތުރުވެރީންނަށް ސިއްގިރިޔާ އަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ބަންދު ވިކަމަށް ބުނެފައެވެ.

އޮފިޝަލުން ވަނީ މިއީ ކުޅަނދުރުގެ މިފަދަ ހަމަލާއެއް ފަތުރުވެރިންނަށް ކުރިމަތިވި ފުރަތަމަ ފަހަރުކަމަށާއި މިއީ ކުޅަނދުރުގެ އުޅުމަށް އައި ބަދަލެއްގެ ސަބަބުންނާއި އެ ސަރަހައްދުގެ ފިނިހޫނުމިނަށް އައި ބަދަލުގެ އަސަރު ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައެވެ.