ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 130 އަށް އަރައިފި އެވެ.

މާލޭ ދަތުރުވެރީންގެ މާރުކޭޓާއި ހުޅުމާލޭ ރަށު މާރުކޭޓުގައި ތަކެތި ވިއްކަން ތިބި މީހުން ބުނާގޮތުގައި، ލުނބޯގެ އަގު މައްޗަށް ގޮސްގެން އުޅެނީ ހޯލްސޭލްކޮށް ލުނބޯ ލިބޭ އަގު ބޮޑުވުމާއި ގުޅިގެންނެވެ.

"އިއްޔެ ލުނބޯ ފޮއްޓެއް ލިބުނީ 900 އަށް، 100 ރުފިޔާއަށް ކިލޯ އެބަ ޖެހޭ." ހުޅުމާލޭ ރަށު މާރުކޭޓު ގޮޅިއެއްގައި އިން މީހަކު މިއަދު ހެނދުނު ބުންޏެވެ.

ރާއްޖެއަށް ލުނބޯ އެތެރެކުރާ ބައެއް ފަރާތްތަކުން ބުނާގޮތުގައި، ލުނބޯގެ އަގު މައްޗަށް ގޮސްގެން މި އުޅެނީ ބޭރުން ލިބޭ އަގުވެސް މަތިވުމުގެ ސަބަބުންނެވެ. ކުރިޔަށް އޮތީ ވިއްސާރަ ދުވަސްތައް ކަމަށް ވުމުން، ލުބޯގެ އަގު ތިރިވާން ނަގާނެ ސީދާ މުއްދަތެއް ނޭނގޭ ކަމަށްވެސް ބައެއް މީހުން ބުންޏެވެ.