ބަންގްލަދޭޝްގެ މުޒާހަރާތަކުގައި މަރުވި މީހެއްގެ މައްސަލައިގައި އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު ސެއިހް ހަސީނާގެ މައްޗަށް ތަހުގީގު ފަށައިފިއެވެ.
ބަންގްލަދޭޝްގެ ސަރުކާރުން ވަނީ އެ ގައުމުގައި ދާދިފަހުން ކުރިޔަށް ދިޔަ މުޒާހަރާތަކުގެ ބައިވެރިންގެ ތެރެއިން ބައިވެރިޔަކަށް ފުލުހުން ބަޑިން ހަމަލާދީ މަރާލާފައިވާ މައްސަލައިގެ ތަހުގީގު ފަށާފައެވެ.
ސެއިހް ހަސީނާގެ މައްޗަށް އެ މީހާގެ މަރުގެ މައްސަލައިގައި ތަހުގީގު ފަށާފައިވާއިރު އެ ތަހުގީގުގައި ހަސީނާގެ ސަރުކާރުގެ އިތުރު ހަ މީހަކު ވެސް ހިމެނޭ ކަމަށް އޮފިޝަލުން ބުނެއެވެ.
ސެއިހް ހަސީނާ ވަނީ ބަންގްލަދޭޝްގެ ދަރިވަރުން ކުރަމުން ދިޔަ މުޒާހަރާތައް ހޫނުވެ އެ ގައުމުގެ ކޮންޓްރޯލް ގެއްލުމުން ގައުމު ދޫކުރައްވައި އިންޑިއާގެ ރައްކާތެރިކަން ހޯދައި އިންޑިއާއަށް ބަދަލުވެވަޑައިގެންފައެވެ. އަދި ހަމަ އެދުވަހު ހަސީނާ ވަނީ ބޮޑުވަޒީރު ކަމުން ވެސް އިސްތިއުފާ ދެއްވާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ