ކޮންމެ ގުރޫޕަކުންވެސް ހަފުތާއަކު އެއް ދުވަހު، ސްކޫލަށް ލެޕްޓޮޕް ގެންދާން ޓީޗަރު އަންގައިފި އެވެ.

ގުރޭޑް ހަތެއްގައި އުޅޭ ކުދީންގެ އުމުރަކީ 11 ނޫނީ 12 އަހަރު ކަމަށްވާއިރު، އެ ކުދީން ކުޅޭނެ އައިޕެޑެއް ނޫނީ ޓެބްލެޓެއް ދީފައި އޮތަސް، އެއްވެސް ބެލެނިވެރިޔަކު މި އުމުރުގެ ކުދީންނަށް އަމިއްލަ ލެޕްޓޮޕް ދީގެން ގެންގުޅޭނެހެނެއް ހީއެއް ނުވެއެވެ.

މި އުމުރުގެ ކުދީން ގާތު ލެޕްޓޮޕް ގެންދާން ބުނާއިރު، އެ ކުދީން އަތުގައި ލެޕްޓޮޕް ނުހުންނާނެ ކަމާއި ގެންދާން ޖެހޭނީ ބެލެނިވެރީންގެ ލެޕެޓޮޕްކަން ނޭނގެނީ ހެއްޔެވެ؟ ބެލެނިވެރީންގެ ތެރޭގައިވެސް ލެޕްޓޮޕް ގެންގުޅޭނީ އޮފީހުގެ ރަސްމީ މަސައްކަތުގެ ގޮތުން ބޭނުންޖެހޭ މީހުންކަމަށްވާއިރު، އެއްކަލަ ކުޑަކުޑަ ދަރިފުޅު އަތަށް ދީފައި، އެ ލެޕްޓޮޕް ސްކޫލަށް ފޮނުވޭނީ ކިތައް ބެލެނިވެރީންނަށް ހެއްޔެވެ؟

ކޮމްޕިއުޓަރާ ގުޅޭ، ތައުލީމުގެ މިފަދަ ކަންކަމަކީ ސްކޫލް ކޮމްޕިއުޓަރު ލެބުގެ ތެރެއިން، ނޫނީ ސްކޫލުތަކަށް ލެޕްޓޮޕް ހޯދައިގެން ނަމަވެސް، ހަމަޖެހޭ ކޮންމެވެސް އުސޫލެއްގެ ތެރެއިން ކުރާން ޖެހޭނެ ކަންކަމެވެ.

ގުރޭޑް ފަހެއް ހައެއް ނުވަތަ ހަތެއް ކިޔާނެ ކަމެއް ނެތެވެ. ސްކޫލަށް ލެޕްޓޮޕް ގެންދާން އެންގުމުން ދެން އެހެން ގޮތެއް ނޯންނާނެ އެވެ.