އިންޑިއާއާއި ލަންކާއާއި ދެމެދު ފެރީ ދަތުރުތައް އަލުން ފަށަން ނިންމައިފިއެވެ.
ދަ އިންޑޯ ލަންކާ ފަސިންޖަރ ފެރީގެ ހިދުމަށް ފެށުމުގެ މަސައްކަތް ފަށާފައިވާއިރު ރިޕޯޓުތައް ބުނާގޮތުގައި، ފުރަތަމަ ފެރީ ތާވަލުކުރުމަށް މަސައްކަތްކުރަނީ މިމަހުގެ 16 ވަނަ ދުވަހަށެވެ.
ލަންކާގެ ކަނކެސަންތުރާއީން އިންޑިއާގެ ޓަމިލްނާޑޫގެ ނާގަޕައްޓިނާމް އަށް ފެށުމަށް ހަމަޖެހިފައިވާ އެ ފެރީ ނިޒާމުގެ ދަތުރުތައް އޮޕަރޭޓް ކުރާނީ އިންޑަސްރީ ފެރީ ސާވިސް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކުންނެވެ.
އެ ކުންފުނިން ވަނީ ފުރަތަމަ ފެރީއަށް ޓިކެޓު ދޫކުރުން އަންގާރަ ދުވަހުން ފެށިގެން ކުރިޔަށް ދާނެ ކަމަށް ބުނެފައެވެ.
އިންޑިއާއާއި ލަންކާއާ ދެމެދު ކުރަމުން އަންނަ ފެރީގެ ހިދުމަތް މެދުކެނޑުމަށްފަހު ފުރަތަމަ ފެށުމަށް ނިންމާފައި އޮތީ މިއަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު އެވެ. ނަމަވެސް އެ ހިދުމަތް ނުފެށި ލަސްވީ ފެރީ ލިބުން ދަތިވުމާގުޅިގެން ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ