މެދުއިރުމަތީގެ މަޝްރަހު ގޯސްވުމާއެކު އެމެރިކާއިން ސަބްމެރިންއެއް ފޮނުވައިފިއެވެ.
އެމެރިކާއިން މެދުއިރުމައްޗަށް ފޮނުވާފައިވަނީ ބެލިސްޓިކް މިސައިލު ފޮނުވައިލުމުގެ ގާބިލުކަން ލިބިފައިވާ ނިއުކްލިއާ ސަބްމެރިނެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލިޔޯއިޑް އަސްޓިން ވަނީ އެމެރިކާގެ ހަނގުރާމަމަތީ އެއާކްރާފްޓް އުފުލާ މަނަވަރެއްވެސް އެ ސަރަހައްދަށް ފޮނުވާފައިވާކަމަށް ވިދާޅުވެފައެވެ.
އެމެރިކާއިން މެދުއިރުމައްޗަށް އިސްކަންދީ އެގައުމުގެ މިލިޓަރީ އެ ސަރަހައްދަށް ފޮނުވާފައިވަނީ ދާދިފަހުން ހިޒްބުﷲ އަދި ހަމާސްގެ ލީޑަރުންނަށް ހަމަލާދީ ޝަހީދުކޮށްލުމާ ގުޅިގެން މެދުއިރުމަތީގެ މަޝްރަހު ގޯސްވެ އިސްރާއީލާއި ދެކޮޅަށް އަރަބި ގައުމުތަކުން ހަމަލާދޭނެ ކަމުގެ ސިގުނަލް ދިނުމުންނެވެ.
އެމެރިކާއިން މީގެ ކުރިން ވަނީ އިސްރާއީލަށް ހަމަލާދޭނަމަ އެ ގައުމާ ގުޅިގެން ކުރެވެން ހުރި ހުރިހާކަމެއް ކުރާނެ ކަމަށް ބުނެފައެވެ.
ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އިރާނުގައި ހުންނަވަނިކޮށް ހަމަލާދީ ޝަހީދުކޮށްލި ހާދިސާގެ ބަދަލު ހިފުމަށް އިރާނުން ވަނީ ތައްޔާރު ވާން ފަށާފައެވެ. އިރާނުގެ އިންޒާރާއެކު މެދުއިރުމަތީގައި އިތުރު ހަނގުރާމައެއް ފެށިދާނެ ކަމަށްވެސް ދިރާސާކުރާފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ