އޮސްޓްރޭލިއާގެ ހޮޓަލެއްގެ ފުރާޅުމައްޗަށް ހެލިކޮޕްޓަރެއް ވެއްޓިއްޖެއެވެ.
އޮސްޓްރޭލިއާގެ ކާންސްގެ އައްސޭރިފަށާ ކައިރީގައި ހުންނަ އެ ހޮޓަލުގެ ފުރާޅުމައްޗަށް ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި އެ ހެލިކޮޕްޓަރު ދުއްވަން އިން ޕައިލެޓު މަރުވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ހިލްޓަން އަށް ނިސްބަތްވާ އެ ހޮޓަލުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ތިބިކަމަށް އޮފިޝަލުން ބުނެއެވެ. ނަމަވެސް އެއްވެސް ފަތުރުވެރިޔަކަށް ބޮޑު އަނިޔާއެއް ވެފައި ނުވާކަމަށާއި ހުރިހާ އެންމެން ރައްކާތެރިކަމާއެކު އެ ހޮޓާ ހުސްކޮށް އެހެން ތަންތަނަށް ބަދަލުކޮށްފައިވާކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ހޮޓަލުގެ ވަށައިގެން ވާ ސަރަހައްދު ބަންދުކޮށްފައިވާއިރު އެ ހެލިކޮޕްޓަރު ނިސްބަތްވާ ކުންފުންޏާއި ކަމާބެހޭ އިދާރާތަކުން ގުޅިގެން ހާދިސާގެ ތަހުގީގު ވަނީ ފަށާފައެވެ.
ހެލިކޮޕްޓަރު ވެއްޓުމާއެކު އެ އިމާރާތުގައި އަލިފާން ރޯވި ނަމަވެސް ފަހުން އެ އަލިފާންގަނޑު ނިއްވާލާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ