ދަށު ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން، ސިވިލް ކޯޓުގެ ގާޒީ ގދ. ފިޔޯރީ ލަންސިމޫގޭ ފަރުހާދު ރަޝީދު، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް އިންތިހާބު ކޮށްފިއެވެ.
ދަށު ކޯޓުގެ ފަންޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް މެންބަރަކު ހޮވަން ބޭއްވި އިންތިހާބުގައި ފަސް ފަނޑިޔާރުން ވާދަކުރެއްވިއެވެ. ފަރުހާދު މި އިންތިހާބު ކާމިޔާބު ކުރެއްވީ، 91 ވޯޓުންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ކުރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިހްސާންއަށް ލިބިވަޑައިގަތީ 71 ވޯޓެވެ.
އިންތިހާބުގައި ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދުއަށް އެއް ވޯޓު، ސިވިލް ކޯޓުގެ ގާޒީ އައިޝަތު އަޒުފާ އަބްދުއްޣަފޫރު އަދި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދުއަށް އެއްވެސް ވޯޓެއް ލިބިވަޑައިގެންފައެއް ނުވެއެވެ.
އިންތިހާބުގައި ވޯޓުލުމުގެ ހައްގު 166 ފަނޑިޔާރުންނަށް ލިބުނު އިރު، ވޯޓުލާފައި ވަނީ 163 ފަނޑިޔާރުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު