ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އައިސް ކުޑަ ސުނާމީއެއް އަރައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޖަޕާނުގެ ދެކުނުގެ ސަރަހައްދުތަކަށް އައި 7.1 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމަށްފަހު ސުނާމީއެއް އަރާފައިވާ އިރު، އުފެދުނު ސުނާމީގައި ވަނީ ކުދި ރާޅު އަރައިފައެވެ.
ބިންހެލުން އައިސްފައިވަނީ ޖަޕާނުގެ ކިޔޫޝޫއާއި ދިމާލު، 25 ކިލޯމީޓަރު އަޑިން ކަމަށް އެެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެފައިވެއެވެ.
އެެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ފުރަތަމަ ބުނެފައިވާ ގޮތުގައި 6.9 އަދި 7.1 މެގްނިޓިއުޑްގެ ބިންހެލުމެއް އައެވެ. ނަމަވެސް އެއީ އޮޅުމެއް ކަމަށާއި އައިސްފައިވަނީ އެންމެ ބިންހެލުމެއް ކަމަށް ފަހުން ބުނެފައިވެއެވެ.
ބިންހެލުމުގައި އެ ސަރަހައްދަށް ކުދި ގެއްލުންތައް ވެފައިވާ ކަމަށް އޮފިޝަލުން ބުނާ އިރު، ލިބުނު ގެއްލުމުގެ މައުލޫމާތު އެއްކުރަމުންދާ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.
ޖަޕާނު ސަރުކާރުން ވަނީ ބިންހެލުމާ ގުޅޭ ހާއްސަ ޓާސްކްފޯސްއެއް ގާއިމުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ