ނ. ވެލިދޫ ޖޫނިއާ ކޮލެޖު އިމާރާތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރު ފާރު ރާނައި ނިންމައިފިއެވެ.

އެ މަޝްރޫއު ކުރިއަށްގެންދާ މޯލްޑިވްސް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމްޓީސީސީ)ން އިއްޔެ ބުނީ މިހާރު އެ މަޝްރޫގެ ދަށުން ކުރިޔަށްދަނީ އެތެރެ ފާރު ރޭނުމުގެ މަސައްކަތްތައް ކަމަށެވެ.

ވެލިދޫގައި ޖޫނިއާ ކޮލެޖެއް ހަދަން ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 2022 އޮގަސްޓު ދިހަ ވަނަ ދުވަހުގައެވެ. އެ މަޝްރޫއުގެ ފައުންޑޭޝަން މަސައްކަތް ފެށީ 2023 ޑިސެމްބަރު ތިނެއްގައެވެ. މި މަޝްރޫއު ނިންމަން ދީފައިވަނީ ނުވަ މަސް ދުވަހެވެ.

މި މަޝްރޫއަކީ 11.91 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

  • 10,276 އަަކަ ފޫޓުގެ އެއް ފަންގިފިލާ ހިމެނޭ އިމާރާތެއް ހެދުމުގެ މަސައްކަތް
  • އިމާރާތުގެ ތެރޭގައި 2 ކްލާސް ރޫމާއި، 1 އައިސީޓީ ލެބާއި، 1 ލައިބްރަރީއާއި 2 ވޯކްޝޮޕް އެޅުމުގެ މަސައްކަތް