ގާޒާއިން ޕޯލިއޯ ވައިރަސް ފެނުމާއެކު ޑަބްލިއުއެޗްއޯއިން 1.2 މިލިއަން ވެކްސިން ދޭން ނިންމައިފިއެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް، ޑރ ޓެޑްރޮސް އަދަނޮމް ވަނީ ގާޒާއަށް ވެކްސިން ފޮނުވުމަށް ހަމަޖެހިފައިވަނީ ދެ ބުރަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ޝިޕްމަންޓު މިމަހުގެ 17 ވަނަ ދުވަހު ފޮނުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
ޑަބްލިއުއެޗްއޯއިން ފުރަތަމަ ވެކްސިން ދިނުމުގައި ބަލާނީ 8 އަހަރުން ދަށުގެ 600،000 ކުޑަކުދީންނަށް ކަމަށްވެސް ޓެޑްރޮސް ވިދާޅުވިއެވެ.
އިސްރާއީލުން ގާޒާގައި ހިންގަމުންގެންދާ ލޭއޮހޮރުވުންތަކަށް 10 މަސް ވެފައިވާއިރު ގާޒާގައި ހުންނަ 36 ހޮސްޕިޓަލުން 16 ހޮސްޕިޓަލެއް ފުރިހަމައަށް މަސައްކަތް ނުކުރާކަމަށް އޮފިޝަލުން ބުނެއެވެ.
ޑަބްލިއުއެޗްއޯއިން ވަނީ ވެކްސިން ފޮނުވުމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށް ފާހަގަކޮށްފައެވެ. އެގޮތުން ވެކްސިން ފޮނުވުމުގައި ގިނަ ދަތިތަކެއް ހުރިކަމަށާއި ވެކްސިނަކީ ވަކި ފިނިހޫނުމިނެއްގައި ރައްކާކޮށްފައި ބަހައްޓަން ޖެހޭ އެއްޗެއް ކަމަށް ވުމުން އެކަމުގައިވެސް ގިނަ ދަތިތަކެއް ހުރިކަމަށް ޑަބްލިއުއެޗްއޯއިން ފާހަގަކޮށްފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ