ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް، އެޕް އަދި ކާޑުގެ ހިދުމަތްތަކަށް ދިމާވި މައްސަލަ ހައްލުވެއްޖެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލްގެ ހިދުމަތްތަކަށް ދިމާވި މައްސަލަ ހައްލުވެފައި މިވަނީ އަށްވަރަކަށް ގަޑިއިރަށްފަހުއެވެ.
ބީއެމްއެލްގެ އެޕް ޑައުންވެ މިއަދު ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހުނެވެ. ބައެއް ބެލެނިވެރިން ކުދިންގެ އިންޓަވަލް ނުގަނެވި އެ ކުދިން ގަޑިޖެހިގެން ސްކޫލަށް ގެންދިޔަ ކަމަށްވެސް ފޭސްބުކް ޕޯސްޓުތަކުގައި ހުއްޓެވެ.
ބޭންކުން ބުނީ ދިމާވީ ޓެކްނިކަލް މައްސަލައެއް ކަމަށާއި އަދި ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް މައާފަށް އެދޭ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު