އެސްޓީއޯ އިން މާލޭގައި 25 ބުރީގެ މަލްޓިޕާޕަސް އިމާރާތެއް ހަދަން ނިންމައި އެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެސްޓީއޯ އިން މިއަދު ގެޒެޓު ކުރި އެންސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ނުވަތަ ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތު ކަރުދާހުގައި ބުނީ އެ އިމާރާތް ހަދާނީ މާލޭގައި ހުންނަ އެސްޓީއޯގެެ ހެޑް އޮފީހާ އިންވެގެން އޮންނަ 15،000 އަކަފޫޓުގެ ބިމުގައި ކަމަށެވެ.
މިއީ އެސްޓީއޯ އަށް އިތުރުވަމުންދާ މުވައްޒަފުންނަށް ބޭނުންވާ ޖާގައާއި އެ ކުންފުނީގެ މުވައްޒަފުންނަށް ބޭނުންވާ ހިދުމަތްތަކާއި ތަކެތި ރައްކާކުރާނެ ސަރަހައްދެއްގެ ބޭނުމުގައި ހަދާ ތަނެއް ކަމަށްވެސް ބުނެފައިވެއެވެ.
އެ ކަރުދާހުގައި ބުނެފައިވާ ގޮތުން އެ އިމާރާތް ހަދާނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން، އެސްޓީއޯގެ 15 ޕަސެންޓް އިކުއިޓީ ހިމެނޭ ގޮތަށެވެ.
އަދި އިންޖިނިއަރިން، ޕްރޮކިއުމެންޓް އަދި ކޮންސްޓްރަކްޝަން (އީޕީސީ) ހިމެނޭ ގޮތަށް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުއަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތަކީ ޕްރައިމަރީ ކޮންޓްރެކްޓަރެއްގެ ގޮތުގައި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 18 މިލިއަން ޑޮލަރުގެ ނުވަތަ އެއަށްވުރެ އަގުހުރި އެފަދަ މަޝްރޫއެއް ހިންގާފައިވާ ކުންފުންޏަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެއެވެ.
އަދި ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ފަރާތްތައް ބަލައިނުގަނެވޭނެ ކަމަށްވެސް ބުންޏެވެ.
ކަރުދާހުގައި ބުނެފައިވާ ގޮތުން އެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގެ ސުންގަޑި މި މަހުގެ 13އަށް ހަމަވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު