ބޮޑުވަޒީރު ހަސީނާގެ އިސްތިއުފާއާއިއެކު މުޒާހަރާތައް ނިންމާލައިފިއެވެ.
ބަންގްލަދޭޝްގައި އެ ގައުމުގެ ދަރިވަރުން ކުރަންފެށި މުޒާހަރާތަކުގެ ސަބަބުން ސަރުކާރަށް ބޮޑެތި ޕުރެޝަރުތައް ކުރިމަތިވެ އެންމެފަހުން ސަރުކާރުގެ ކޮންޓްރޯލް ގެއްލުމާއެކު ބޮޑުވަޒީރު ޝެއިހް ހަސީނާ ވަނީ ގައުމު ދޫކުރައްވައިފައެވެ.
ހޯމަ ދުވަހު މުޒާހަރާތައް ހޫނުވެ މުޒާހަރާގެ ބައިވެރިން ހަސީނާ ހުންނަވާ ގަނޑުވަރު ސަރަހައްދަށް ވަދެގަތުމާއެކު ހަސީނާ ވަނީ ސިއްރިއްޔާތުގައި ގައުމު ދޫކުރައްވައި ފިއްލަވައި އިންޑިއާއަށް ދަތުރުކުރައްވާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ހަސީނާ ވަނީ ގައުމު ދޫކުރައްވައި ވަޑައިގަންނަވަމުން މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ޖުލައި މަހުން ފެށިގެން ބަނގްލަދޭޝްގެ ދަރިވަރުން ކުރަމުންގެންދިޔަ މުޒާހަރާތައް ކާމިޔާބުވެފައިވާކަމަށް ބުނެ މުޒާހަރާގެ އިސްފަރާތްތަކުން ވަނީ މުޒާހަރާތައް ހުއްޓާލުމަށް ނިންމާފައެވެ.
ހަސީނާގެ އިސްތިއުފާއަށްފަހު ބަންގްލަދޭޝްގެ އާންމުން ވަނީ މަގުތަކަށް ނިކުމެ އުފާފާޅުކުރަން ފަށާފައެވެ.
ބަންގްލަދޭޝްގެ މުސްތަގުބަލަށް ޓަކައި އެކުލަވައިލާ ސަރުކާރުގެ މަސައްކަތް ކުރުމަށް އެ ގައުމުގެ އާމީ ޗީފް ވަކާ އުޒް ޒަމާން ވަނީ އެ ގައުމުގެ ޕާޓީތަކާއި މަޝްވަރާކުރައްވަން ފައްޓަވާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ