މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މަސްވެރިކަން ދަށްވެފައި އޮތުމަށްފަހު ރާއްޖޭގެ ބޮޑު ސަރަހައްދެއްގައި މަސްވެރިކަން އަނެއްކާވެސް ރަނގަޅުވާން ފަށާފައިވާ ކަމަށް މިފްކޯ އިން ބުނެފިއެވެ.
މިފްކޯ އިން މިއަދު ބުނީ މާލެ ސަރަހައްދުގައި މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައިވާތީ، އެ ކުންފުނީގެ މަސްކިރާ ބޯޓު "ރަންދި 20" މާލެ ކައިރީގައި މިއަދު އޮންނާނެ ކަމަށެވެ.
މިފްކޯ އިން ބުނި ގޮތުގައި ތ. އަތޮޅާއި ލ. އަތޮޅާ ދެމެދުގައި ކޮންމެވެސް ވަރަކަށް މަސްވެރިކަން ރަނގަޅު ނަމަވެސް ދެކުނުގެ އަތޮޅުތަކުގައި މަސްވެރިކަން ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ އަންނަ ހަފުތާ އިން ފެށިގެން ކަމަށެވެ.
އަދި މުލަކު އަތޮޅުގައިވެސް މަސްވެރިކަން ރަނގަޅުވެފައިވާތީ ގއ. އަތޮޅުގައި މިހާރު އޮތް މިފްކޯގެ މަސްކިރާ ބޯޓު 'މަހާ ކަލަމިންޖާ' މުލަކު އަތޮޅަށް ދާން މިއަދު ފުރާނެ ކަމަށްވެސް މިފްކޯ އިން ބުންޏެވެ. މިފްކޯގެ މަސްކިރާ ބޯޓު "ރަންދި 23" މިހާރުވެސް އޮތީ މ. އަތޮޅުގައި މިފްކޯއިން ބުންޏެވެ.
މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެ، މިދިޔަ މަހު މިފްކޯގެ ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް އެއްކޮށް ހުސްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު