ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް، މ. ކޮކާ ހަނދުވަރުގެ، މުހައްމަދު ނިމާލް، އައްޔަނުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނިމާލު މި މަގާމަށް އައްޔަން ކުރެއްވީ މިއަދުއެވެ.
ނިމާލް އެންމެ ފަހުން ހުންނެވީ، މާލެ އަތޮޅު، އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައެވެ.
ނިމާލް ވަނީ، ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ މިނިސްޓަރު ކައުންސެލަރުގެ މަގާމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަގާމުވެސް ފުރުއްވައިފައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ނިމާލް ވަނީ އޮސްޓްރޭލިއާގެ ޗާލްސް ސްޓާޓް ޔުނިވާސިޓީން ބެޗެލާ އޮފް ބިޒްނަސް (މާކެޓިން) ހާސިލުކުރައްވާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު