ރާއްޖެ އެތެރެކޮށް ބޭނުންކުރާ އެލެގްރާގެ ތިން ބެޗެއްގައި ކޮލިޓީ މައްސަލައެއް ދިމާވެފައިވާތީ އެ ބެޗުގެ ބޭސްތައް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންދާ އެލެގްރާ 30 އެމްޖީ/5 އެމްއެލް ބޭހުގެ ތިން ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ބޭސް އުފައްދާފައިވާ އިންޑިއާގެ ކުންފުނިން އެލާޓެއް ނެރެފައިވާ ކަމަށެވެ.

  • އޭއެލް 1223019
  • އޭއެލް 1223029
  • އޭއެލް 1223060

އެމްއެފްޑީއޭ އިން އިތުރަށް ބުނީ، އެ ތިން ބެޗުތައް ފާމަސީ، ބޭސް ގުދަނެއް ނުވަތަ ސިއްހީ ހިދުމަތް ދޭ ތަނެއްގައި ހުރި ނަމަ، [email protected] އަށް މެއިލްކުރަން އެދޭ ކަމަށެވެ.