ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްޅާއާ ބައްދަލުކުރައްވައިފިއެވެ.
މިނިސްޓަރު ފައިސަލް މިހާރު ގެންދަވަނީ އިންޑިއާއަށް ވަޑައިގެން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.
މިނިސްޓަރު ފައިސަލް ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޮލީވުޑްގެ މަޝްހޫރު ފިލްމް ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްޅާއާ މިއަދު މެންދުރުގެ ވަގުތެއްގައި ބައްދަލުކުރެވުނީތީ އުފާކުރައްވާ ކަމަށެވެ.
"ރާއްޖޭގައި ކުރިއަށްގެންދެވިދާނެ ޕްރޮޖެކްޓުތަކާ ބެހޭގޮތުން މަޝްވަރެވުނު،" މިނިސްޓަރު ވިދާޅުވިއެވެ.
ވިނޯދްއަކީ، މަޝްހޫރު ފިލްމު ޕީކޭ އާއި ސަންޖޫގެ ޕްރޮޑިއުސަރެވެ. އޭނާ ޕްރޮޑިއުސްކޮށް ޑައިރެކްޓުކުރި އެތައް ފިލްމެއް، ބޮލީވުޑްގައި މަޝްހޫރުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު