ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީއެއްގެ ދެމެދު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިންގައިފިއެވެ.

ފުލުހުން މިރޭ ބުނީ މިރޭ އަށެއް ޖަހާކަންހާއިރު ހިނގި އެ ހާދިސާގައި އަނިޔާވި މީހާއަށް ހަނިމާދޫ ހެލްތް ސެންޓަރުގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި އަނެއް މީހާ ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

ނަމަވެސް މާރާމާރީގައި އަނިޔާ ލިބުނު މީހާގެ އަދި މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް ފުލުހުން ނުބުނެއެވެ. ބުނީ، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެކަންޏެވެ.