ރާއްޖެއާއި ސްރީލަންކާ އަދި އެމެރިކާ ގުޅިގެން މިލިޓަރީ އެކްސަސައިޒެއް ބޭއްވުމަށް ނިންމައިފިއެވެ.
"އެޓަލަސް އެންޖެލް" ނަމުގައި އެއެކްސަސައިޒު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަހަކުން ނުވަވަނަ ދުވަހުގެ ނިޔަލަށް ކަމަށް ރިޕޯޓުތައް ބުނެއެެވެ.
"އެޓަލަސް އެންޖެލް" ގައި ބައިވެރިވާނީ އެމެރިކާގެ މޮންޓާނާ ނެޝަނަލް ގާޑުގެ އިތުރުން ޔޫއެސް ޕެސިފިކް އެއާފޯސް އާއި ލަންކާގެ އެއާފޯސްގެ އިތުރުން ރާއްޖޭގެ ނެޝަނަލް ޑިފެންސް ފޯސް ގުޅިގެންނެވެ.
ރިޕޯޓުތައް ބުނާގޮތުން އެއެކްސަސައިޒަކީ ކާރިސާތަކުގައި ދިމާވާކަންކަމުގައި ހަރަކާތްތެރިވާނެ ގޮތުގެ ތަމްރީނުތައް ވުމަށް ބާއްވާ އެކްސަސައިޒެކެވެ.
"އެޓަލަސް އެންޖެލް"ގައި އެމެރިކާގެ 70 އަށްވުރެ ގިނަ ސިފައިން ބައިވެރިވާނެއެވެ. އަދި އެމެރިކާގެ އެއާފޯސްގެ ސީ-130 ހާކިއުލަސް ދެ ފްލައިޓު ހަރަކާތްތެރިވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
ހަ މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްދާ އެ އެކްސަސައިޒްގައި މެޑިކަލް ސާޗް އެންޑް ރެސްކިއުގެ އިތުރުން ކްރައިސިސް މެނޭޖްމަންޓްގެ ހާއްސަ އެކްސަސައިޒެއް ކުރިއަށްގެންދާނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ