ޑޮމެސްޓިކް ފަސިންޖަރުންނަށް ޓިކެޓާއެކު ލައުންޖް އެކްސެސް ބުކް ކުރުމުގެ ފުރުސަތު ގައުމީ އެއާލައިން، މޯލްޑިވިއަނުން ހުޅުވާލައިފިއެވެ.
މޯލްޑިވިއަނުން ބުނީ، "އެޑް-އޮން ލައުންޖް އެކްސެސް" ގެ ފުރުސަތު ހުޅުވާލުމުގެ މަގުސަދަކީ، ވިޔަފާރިއަށް ނުވަތަ އަމިއްލަ އުފަލަށް ދަތުރުކުރި ނަމަވެސް އެތެރޭގެ އުދުހުންތަކަށް އިންތިޒާރުކުރާ އިރު، ފަސިންޖަރުންނަށް ހިތްހަމަޖެހޭ އަދި ހިތްފަސޭހަ މާހައުލެއް ހޯދައިދިނުން ކަމަށެވެ.
"އަޅުގަނޑުމެންގެ ލައުންޖުތަކުން ކޮމްޕްލިމެންޓަރީ ވައިފައި، ތަފާތު ކާބޯތަކެތީގެ އޮޕްޝަންތަކާއި ތާޒާ ބުއިންތަކާއި އަރާމުކޮށް އިށީނދެތިބުމާއި ހޮވާލެވިފައިވާ ލައުންޖުތަކުގައި ޕްރައިވެޓް ޝަވާ ރޫމްތައްވެސް ލިބެން ހުންނާނެ. ފުލައިޓު ފެށުމުގެ ކުރިން ލުއި ބައިޓްތަކުން އަރާމުކޮށް، ހަބަރާއި ޝައުގުވެރި ޓީވީ ޗެނަލުތައް ބަލައިލެވޭނެ،" މޯލްޑިވިއަނުން ބުންޏެވެ.
މޯލްޑިވިއަނުން ބުނީ، އެ އެއާލައިންގެ ކޯލް ސެންޓަރާއި ޓިކެޓިން އޮފީހާއި ވައިބާ ނުވަތަ ސޭލްސް އެޖެންޓުން މެދުވެރިކޮށް ފަސިންޖަރުންނަށް "އެޑް-އޮން ލައުންޖް އެކްސެސް" އަށް ބުކްކުރެވޭނެ ކަމަށާއި ފުރުމުގެ ހަތަރު ގަޑިއިރު ކުރިން ލައުންޖަށް ވަދެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު