ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް (ޖޭޑީއެސް) ގެ ދަށުން ރާއްޖެއަށް 15.9 މިލިއަން ރުފިޔާގެ ހިލޭ އެހީ ހަދިޔާ ކޮށްފިއެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެކަމުގެ "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކޮށްފައެވެ. އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ތަކެއުޗި މޮދޮރި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖަޕާން ސަރުކާރުން މިއަހަރު ރާއްޖެއަށް ހަ ސްކޮލާޝިޕްގެ ފުރުސަތު ދޭނެ ކަމަށެވެ. އަދި އެކަމަށް ހިލޭ އެހީގެ ގޮތުގައި ޖަޕާނުން 161 މިލިއަން ޖަޕަނީސް ޔެން ނުވަތަ 15.9 މިލިއަން ރުފިޔާ ދިނުމަށް ނިންމައިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޖަޕާނުން އަންނަނީ ޖޭޑީއެސްގެ ދަށުން 2020 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް އެހީ ދެމުންނެވެ. އެ ފުރުސަތުތަކުގެ ދަށުން ޖަޕާނުގެ އެންމެ މަތީ ޔުނިވާސިޓީތަކުން މާސްޓަސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދިވެހިންނަށް ލިބެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު