މެދުރާސްތާގެ ނިއުކްލިއާ ހަތިޔާރު އުފައްދަން ފަށާނެކަމުގެ އިންޒާރު، ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން ދެއްވައިފިއެވެ.

އިއްޔެ ޕޫޓިން ވަނީ އެމެރިކާއިން ޖަރުމަނަށް ނުވަތަ ޔޫރަޕްގެ އެއްވެސް ގައުމަަކަށް މިސައިލު ފޯރުކޮށްދޭން ފަށައިފި ނަމަ، އެގައުމުން ހުއްޓާލާފައިވާ މެދު ރަސްތާގެ ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ފަށާނެކަމުގެ އިންޒާރު ދެއްވައިފައެވެ.

ރަޝިޔާގެ ސެންޓްޕީޓަސްބާގްގައި ކުރިއަށްދިޔަ ރެލީއެއްގައި ވާހަކަފުޅުދައްކަވަމުން ޕޫޓިން ވަނީ އިންޒާރުދެއްވައި، މެދުރާސްތާ އަދި ކުރުރާސްތާގެ ހަތިޔާރު އުފެއްދުމުގެ ގާބިލުކަން އެގައުމަށް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.

ޕޫޓިން ވިދާޅުވީ ރަޝިޔާއިން އެފަދަ ހަތިޔާރު އުފެއްދުމުގެ އެންމެ ފަހުގެ ސްޓޭޖުގައި ތިބި ކަމަށެވެ.

ރަޝިޔާއިން އުފައްދާ މެދުރާސްތާގެ މިސައިލުތައް 500 ކިލޯމީޓަރާއި 5500 ކިލޯމީޓަރުގެ ދުރުމިނަކަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވެއެވެ.