އިންޑިއާ މީހަކު 95،000 ޑޮލަރުގެ އަގުހުރި ޑައިމަންޑެއް ހޯދައިފިއެވެ.
އިންޑިއާގެ މަސައްކަތު މީހަކު ވަނީ އެގައުމުގެ މެދުތެރޭ މަދިޔަ ޕްރަދޭޝްގެ މައިން އަކުން 19.22 ކެރެޓްގެ ޑައިމަންޑު ހޯދައިފައެވެ.
ރާޖޫ ގައުންޑް ނަމަކަށް ކިޔާ އެމީހާ ހޯދި ޑައިމަންޑުގެ އަގުގައި އަށް މިލިއަން ރުޕީސް ހުރިކަމަށް އޮފިޝަލުން ބުނެއެވެ. އެއީ 95،570 އެމެރިކާ ޑޮލަރުގެ އަގުހުރި ޑައިމަންޑެކެވެ.
ރާޖޫ ބުނީ އޭނާ ޑައިމަންޑު ފެންނާނެ ކަމަށް ބަލައި މަސައްކަތް ފެށީ ދިރިއުޅޭ ސަރަހައްދަކީ މައިނުތައް ގިނަ ސަރަހައްދަކަށް ވާތީ ކަމަށެވެ. އެކަން އޭނާ ފެށީ މީގެ 10 އަހަރު ކުރިންނެވެ.
މަދިޔަ ޕްރަދޭޝްގެ ޕަންނާ ސަރަހައްދުގައި އެސްޓޭޓްގެ ސަރުކާރުން ހިންގާ މައިން ތަކުގެ ތެރެއިން ތިލަކޮށް ހުންނަ ބައެއް މައިންތައް ވަނީ އާންމުންނަށާއި ކުންފުނިތަކަށް ދޫކޮށްފައެވެ.
ރާޖޫ ވަނީ އޭނާ ހޮވި ޑައިމަންޑު ނީލަމުގައި ވިއްކުމަށް ނިންމައިފައެވެ. އަދި އެ ވިއްކައިގެން ލިބޭ ފައިސާގެ ތެރެއިން ސަރުކާރަށް ބައެއް އަދި ޓެކްސްގެ އިތުރުން އެހެނިހެން ފަރާތްތަކަށް ދޭންޖެހޭ ފައިސާ ދިނުމަށް ހޭދަކުރުމަށް ނިންމާފައިވާ ކަމަށް ރާޖޫ ބުނެފައިވެއެވެ.
ރާޖޫ ވަނީ އޭނާއަށް ލިބޭ ފައިސާ އިން ބައެއް އާއިލާ އެންމެނަށް ބެހުމަށް ވެސް ނިންމައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ