އެމެރިކާގެ ޓެކްސަސްއަށް ވެހުނު ބޯވާރެއަށްފަހު ވިހަ ފަނިތަކެއް ފެންނަން ފަށައިފިއެވެ.

ޓެކްސަސްގެ ހިއުސްޓަން ސަރަހަށްދުން ފެންނަން ފަށާފައިވަނީ ''ހެމާހެޑް" ފަނިތަކެކެވެ. އޮފިޝަލުން ބުނާ ގޮތުން މި ވައްތަރުގެ ފަނި ބުރިކޮށްލިޔަސް އެ ފަނި އަލުން އުފެދި ގިނަވެއެވެ. އަދި އެ ފަނި ދޫކުރާ ވިހަގަދަ މާއްދާއެއްގެ ސަބަބުން ހަންގަނޑު ކެހުމާއި އެ ވިހައިގެ ސަބަބުން ފުރާނައަށްވެސް ނުރައްކާވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުން އެ ފަންޏަކީ ފެންބޮޑު ވުމަށްފަހު ފެންނަ ފަންޏެކެވެ. އަދި އެ ފަނިތައް ދަތުރުކުރާނީ ހޫނު އަދި ވައިގެ ތެތްކަން އިތުރު ސަރަހައްދުތަކަށް ކަމަށްވެސް ބުނެއެވެ.

ޓެކްސަސްގެ ކަމާބެހޭ އިދާރާތަކުން ވަނީ އެ ފަނި ނައްތާލުމަށް އިރުޝާދުތައްދީ އެކަމުން ސަލާމަތްވުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް ބުނެފައެވެ.