ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ޔޫއޭއީގައި މުޒާހަރާ ކުރި 57 މީހަން ޖަލަށް ލައިފިއެވެ.
ބަންގްލަދޭޝްގައި އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ކުރަން ފަށައި ހަމަނުޖެހުންތައް ހިންގާފައިވާއިރު ބަންގްލަދޭޝްއަށް ނިސްބަތްވާ އެހެން ގައުމުތަކުގައި ދިރިއުޅޭ މީހުންވެސް ވަނީ އެ މުޒާހަރާތަކުގައި ބައިވެރިވެފައެވެ.
އެގޮތުން ޔޫއޭއީގައި ދިރިއުޅޭ ބަންގްލަދޭޝް މަސައްކަތްތެރިން ބޭއްވި މުޒާހަރާގައި 57 ބައިވެރިވި އިރު، އެ އެންމެންވެސް ޖަލަށްލާން ޔޫއޭއީގެ ކޯޓަކުން އިއްޔެ ވަނީ ހުކުމްކޮށްފައެވެ.
ހުކުމް ކުރި މީހުންގެ ތެރެއިން މުޒާހަރާގައި އިސްކޮށް އުޅުނު ތިން މީހަކު އުމުރަށް ޖަލަށް ލާން ހުކުމް ކުރި އިރު، 53 މީހަކަށް 10 އަހަރުގެ ޖަލު ހުކުމެއް އަދި އެކަކަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ.
ޔޫއޭއީގައި މުޒާހަރާ ކުރުމަކީ އެ ގައުމުގެ ގާނޫނުން މަނާ ކަމެކެވެ. ކޯޓުން ހުކުމް ކުރަމުން ވަނީ އެމީހުން ހަމަކުރަންޖެހޭ ޖަލުގެ މުއްދަތު ހަމަވުމުން އެ ގައުމުން ޑީޕޯޓްކުރާނެ ކަމަށްވެސް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ