އަމީނީމަގުގައި ހުންނަ ކޭއެފްސީގެ ތިން ބިއްލޫރިގަނޑެއް އަނެއްކާވެސް ތަޅާލައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ބުނީ ރޭ 4:32 ހާއިރު އަމީނީމަގުގެ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރިކަމަށެވެ.

އެ މައްސަލައިގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނާއިރު މިދިޔަ ހަފުތާގެ އަންގާރަ ދުވަހު (ޖުލައި 16) ގައި ވެސް ވަނީ އެ ތަނުގެ ދެ ބިއްލޫރިގަނޑެއް ތަޅާލާފައެވެ.

އެ ފަހަރު ތަޅާލާފައިވަނީ އަމިނީމަގުން އިރުމަތީ އޮންނަ ޕާކިން ޒޯނާ ދިމާލަށް ހުންނަ ފަޅީގެ ތިން ބިއްލޫރި ގަނޑެވެ. މީގެ ކުރިން ތަޅާލީ ޕާކިން ޒޯނާ ދިމާލަށް ކަންމައްޗަށް ހުންނަ ބައިގެ ދެ ބިއްލޫރިގަނޑެވެ.