ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންމާފުޅު، މޫމިނާ ހަސަންފުޅު އަވާހަރަވެއްޖެ އެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 80 އަހަރެވެ.
އެނގިފައިވާ ގޮތުގައި މޫމިނާ އަވަހާރަވީ، އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، މިއަދުގެ ވަގުތެއްގަ އެވެ.
ރައީސް ސޯލިހު މަންމާފުޅު އަވަހާރަވުމާ ގުޅިގެން، އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން އެކްސްގައި މިއަދު ކުރި ތައުޒިޔާގެ ޕޯސްޓެއްގައި ބުނީ، ރައީސް ސޯލިހުގެ މަންމާފުޅު އަވަހާރަވުމުގެ ފުން ހިތާމައިގައި އެ ޕާޓީގެ އެންމެހައި މެންބަރުންގެ ފަރާތުން ރައީސް ސޯލިހަށާއި އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ.
"އަދި މަރުހޫމާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި މާތް ﷲ އަށް ދުއާކުރަމެވެ،" އެ ޕޯސްޓުގައިވެއެވެ.
ރައީސް ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒަކީވެސް މޫމިނާގެ ބޭފުޅެކެވެ. މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިމިނަތު ސޯލިހު އާއި ރައީސް އޮފީހުގައި ގިނަ ދުވަސްތަކެއްވަންދެން ހިދުމަތްކުރެއްވި ފާތިމަތު ސޯލިހަކީވެސް މޫމިނާގެ ބޭފުޅުންނެވެ.
މީގެ އިތުރުން މޫމިނާގެ ލޯފަން ދެ ބޭކަލުންވެސް ތިއްބަވައެވެ. އެއީ ދެ ހާފިޒުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު