ދެހާސް ސައްބީސް ވަނަ އަހަރާއި ހަމައަށް ދާއިރު، މާލެ ސަރަހައްދުގައި ކުނި އިންސޮލޭޓުކޮށްގެން އެއިން ހަކަތަ އުފެއްދުމުގެ މަސައްކަތް ކުރިޔަށްގެންދަން މަސައްކަތްކުރަމުން އަންނަ ކަމަށް ވެމްކޯއިން ބުނެފިއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން، ވެމްކޯގެ ޖެނެރަލް މެނޭޖަރު، ސެންޓްރަލް އޮޕަރޭޝަންސް، ހުސެއިން އިބްރާހީމް ފުޅު ރޭ ވިދާޅުވީ ވެމްކޯއިން ކުރިޔަށް ގެންދަން ނިންމާފައިވާ "ކުނި މެނޭޖުކުރާ" މަސައްކަތްތަކުގެ ތެރޭގައި ތިމާވެއްޓާ ރައްޓެހިގޮތަަކަށް ވެމްކޯއަށް މަންފާ ލިބޭނެ އެއްޗަކަށް "ކުނި" ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ތިލަފުށީގައި މިހާރު ކުނި އަންދާތަނެއް ނުފެންނާނެ. ދެން އޮތް ޕްރޮސެސްގައި ކުރިޔަށްގެންދާނީ ކުނި އިންސޮލޭޓުކޮށްފައި އެއިން ހަކަތަ އުފެއްދުމުގެ މަސައްކަތް. އެއީ 2026 އަހަރަށް މާލެ ސަރަހައްދުގައި ކުނި އިންސޮލޭޓުކޮށްގެން އެއިން ހަކަތަ އުފެއްދުމުގެ މަސައްކަތް ކުރިޔަށްދާނެ" އިބްރާހިމް ވިދާޅުވިއެވެ.
މިކަމާގުޅޭ އިތުރު މައުލޫމާތު ވެމްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާކެޓިން އިސްލާއިލް އުބެއިދު ވަނީ "ވަން" އާ ހިއްސާ ކުރައްވައިފައެވެ.
"ވެމްކޯގެ މަސައްކަތްތައްވެސް ބޮޑަށް ބައްޓަންކުރަނީ އެއަށް ތައްޔާރުވާންވެގެން. މިހާރު 60،000 ބޭގު ތައްޔާރުކުރެވިފަ އެބަހުރި. އެއީ އިންސަލަރޭޓާ އައީމަ އެ އަންދަންވެގެން އެއަށް ރެޑީ މިވަނީ" އުބައިދު ވިދާޅުވިއެވެ.
ވެމްކޯއަށް މިހާރު ލިބިފައިވާ ކުރިއެރުން ތަކަށް އަލި އަޅުވާލައްވަމުން އިބްރާހީމް ފުޅު ވިދާޅުވީ ކުރިން ކުނި މެނޭޖު ކުރުމުގައި ކަނޑުމަގުން ތިލަފުއްޓަށް ކުނި ގެންދާއިރު މޫދަށް ކުނި އެޅުމުގެ މައްސަލަތައް ދިމާވި ނަމަވެސް މިހާރު ކުނި މެނޭޖު ކުރަނީ ކޮންޓެއިނާތަކުގައި ބަންދުކޮށް ސަތަރިވެސް އަޅައިގެން ކަމަށެވެ.
"ކޮންޓެރިނައިޒް ކުރެވިގެން ދާއިރު ހުރިހާ ކުންޏެއް ހުންނާނީ ކޮންޓެއިނާތެރޭގައި. ކޮންޓެނާ ހުންނާނީ ސަތަރި އަޅައިގެން ބަންދުކުރެވިފައި. އެހެންވީމަ މޫދަށް އެއްވެސް ވަރެއްގެ ކުންޏެއް ނޭޅޭނެ" އިބްރާހިމް ފުޅު ވިދާޅުވިއެވެ.
"ހައުސްހޯލްޑް ކަލެކްޝަން އަމިއްޔަ ވަކި ޕިކަޕްތަކުގައި ގެންނަން ވަރަށް ބޮޑަށް އެދެން. ހިކި ކުނި ވަކިކޮށް މި ބަހައްޓަނީ. ކާއެއްޗެއްސަކާއެކީ ނުބަހައްޓަން. ތިލަފުއްޓަށް ޓްރާންސްފާކުރާއިރުވެސް ވަކި ކޮންޓެއިނާ ތަކަށް އެޅޭނީ. މިކަމުގަ އެއްބާރުލުމެއް ނުލިބޭ. ޓްރާންސްފާ ސްޓޭޝަނަށް އަންނަ ވެހިކަލްތައް އަދިވެސް ހުންނަނީ މިކްސް ކުރެވިފަ. ގާކުނޑިއާއި ކުނޑިއާއި މިކަހަލަ ފޮށިތަކާ އެއްޗެހި އެއްކޮށް ވަަރަށް ގިނަ ފަހަރަށް އެބައާދޭ. އަޅުގަނޑުމެންނަށްވެސް ދަތިތައް ދިމާވޭ. މަސައްކަތް ކުރަނީ ވީހާވެސް އަވަހަށް ކަސްޓަމަރުންނަށް ހިދުމަތްތައް ދިނުމަށް" އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު