ފެނަަކަ ކޯޕަރޭޝަން ލިމިޓެޑުން ހިންގި 60 މަޝްރޫއެއް ނުނިމެނީސް އެ މަޝްރޫއަތަކަށް ބަޖެޓުކޮށްފައި ހުރި ހުރިހާ ފައިސާއެއް ހުސްކޮށްލާފައިވާ ކަމަށް ބުނާ މައްސަލައެއް ބަަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޭސީސީން ބަލަމުންދާ ފެނަކައާބެހޭ މައްސަލަތަކުގެ ތަފުސީލު ހޯދުމަށް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ކުރެއްވި ސުވާލާ ގުޅިގެން އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ފެނަކަ އިން 60 މަޝްރޫއު އިއުލާންކޮށް، ބަޖެޓުކުރި ނަމަވެސް އޭގެ ތެރެއިން 14 މަޝްރޫއު ނިމުނުއިރު ބަޖެޓް ހުސްވި މައްސަލަ އޭސީސީއަށް ހުށަހެޅީ އަމިއްލަ ފަރާތަކުން ކަމަށެވެ.
ކާކުކަން ނޭނގޭ މީހެއްގެ ގޮތުގައި އެ މީހާ ހުށަހެޅި އެ މައްސަލަ ބަލައި ޕްރިލިމިނަރީ އެސެސްމަންޓް ނިމިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝާމިލް ވިދާޅުވީ އެ މައްސލަައާ ގުޅޭ ގޮތުން މިހާރު ބަލަމުންދަނީ މާލީ އިތުރު މަންފާ ލިބުނު މީހުން ބަލައި ނުހައްގު މުއްސަނދިކަން ހޯދި ގޮތެއް ކަމަށެވެ. ނުހައްގު މުއްސަނދިކަން ލިބިގަނެފައި އޮތް ގޮތް ދެނެގަނެވޭނީ އެ މައްސަލަތަކުގައި ހިމެނޭ މީހުންގެ ނެޓް ވޯތް އެނަލަސިސް އަކާއި އެ މީހުން ބޭންކު ޓްރާންސެކްޝަންތައް ހިންގާފައި ހުރި ގޮތުގެ ޓްރާންސެކްޝަން އެނަލަސިސް އަދި އެ މީހުން މާލީ މަންފާ ލިބިގަނެފައި ހުރި ގޮތުގެ އެނަލިސިސް ހެދިގެން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު