އަމީނީމަގުގައި ހުންނަ ކޭއެފްސީގެ ދެ ބިއްލޫރިގަނޑެއް ތަޅާލައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ބުނީ އަމީނީ މަގުގައި ހުންނަ ކޭއެފްސީ ބިއްލޫރިގަނޑެއް ތަޅާލާފައިވާ ކަމަށް ފުލުހުންނަށް ރޭ 3:06 ގައި ރިޕޯޓުކުރި ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

ތަޅާލާފައިވަނީ އަމިނީމަގުން އިރުމަތީ އޮންނަ ޕާކިން ޒޯނާ ދިމާލުން، ކޭއެފްސީގެ ކަންމައްޗަށް ވާ ގޮތަށް ހުންނަ ފަޅީގެ ބިއްލޫރިގަޑެވެ. މިހާރު އެ ތަން ވަނީ ކަޅު ޕްލާސްޓިކް ޑަސްބިން ކޮތަޅު ބޭނުންކޮށްގެން ބަންދުކޮށްފައެވެ. އަދި ކަންމަތިން ގާކޮށި ފްލެޓް ފަޅީގެ ބިއްލޫރިގަނޑުވެސް ތަޅާލާފައި ވުމުން އެ ތަންވެސް ވަނީ ސަތަރި އަޅައި ބަންދުކޮށްފައެވެ.

ފުލުހުން ވަނީ އެ ސަރަހައްދަށް ނުވަދެވޭ ގޮތަށް ވަނުން މަނާ ޓޭޕް ދަމާފައެވެ.