ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ތުހުމަތު ކުރެވޭ ބޮޑު ހަ މައްސަލައެއް މިހާރުވެސް ބަލަމުންގެންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓާޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) ގެ މިއަދުގެ ބައްދަލުވުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، އެއީ ފެނަކައިގެ ކުރީގެ ވެރިންނަށް ކުރާ ބޮޑެތި ތުހުމަތުތަކަކާ ގުޅޭ މައްސަލަތަކެއް ކަމަށެވެ.
ނަމަވެސް އެ މައްސަލަތަކުގެ ތަފްސީލެއް ޝާމިލް ނުދެއްވައެވެ.
އޭނާ ވިދާޅުވީ، ސަރުކާރު ބަދަލުވެ މިހާރު އޮތް ފެނަކަ ކޯޕަރޭޝަންގެ މެނޭޖްމަންޓް އައި ފަހުން ކުރީގެ 25 މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އާދަޔާހިލާފަށް ފެނަކައިގެ މައްސަލަތައް ހުށަހަޅާފައިވާތީ އެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ކުންފުނިތަކާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ތަހުގީގުކުރަން ކުރިމަތިވާ މައްސަލަތައް ފާހަގަކުރައްވައި އޭސީސީގެ ރައީސް ވިދާޅުވީ، އެކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ ގިނަ މުވައްޒަފުން ބަޔާންދޭން ދެކޮޅު ހެދުން ކަމަށެވެ.
ނަމަވެސް ކުންފުނިތަކުގެ އިސްވެރިން ބަދަލުވުމަށްފަހު މުވައްޒަފުން ބަޔާންދޭން ތައްޔާރުވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު